ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މޫސާ ސިރާޖު ނިންމަވައިފިއެވެ.
ސިރާޖު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާއެކު އިންތިހާބަށް ނިކުތުން މުހިއްމު ކަމަށެވެ. އެހެންކަމުން ފޮނަދޫ ދާއިރާގެ އާއްމު މެންބަރުންގެ މަޝްވަރާގެ މަތިން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.
https://twitter.com/MoosesSiraj/status/1616044588640395264?s=20&t=imXqsbEko0GcWkQC0t7VYg
ސިރާޖު ރައީސް ސޯލިހަށް ތާއީދު ކުރެއްވިކަން ހާމަ ކުރެއްވިއިރު އޭނާ އަކީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެންބަރުންގެ ތެރޭގައި މީގެކުރިން ހުންނެވި ބޭފުޅެކެވެ.
މީގެކުރިން ސިރާޖު ވަނީ ރައްޔިތުން މަޖިލީހުގައި ވެސް އަދި ބައެއް އެހެން ޕްލެޓްފޯމުތަކުގައި ވެސް މީގެކުރިން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ސިރާޖުގެ އިތުރުން ނަޝީދު ފެކްޝަނުގައި މީގެކުރިން ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) ވެސް ތާއީދު ކުރައްވަނީ ރައީސް ސޯލިހަށްކަން ވަނީ ދާދިފަހުން ހާމަ ކުރައްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހުގެ އިތުރުން ރައީސް ނަޝީދު ވެސް ވާދަ ކުރައްވަން ވަނީ ނިންމަވައިފައެވެ.
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި
ސަރުކާރުން އުޅެނީ 14،000 ވުރެ ގިނަ މުވައްޒަފުން ވަކިކުރަން: ފައްޔާޒު