ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއެކީ މަގުމަތީ ހޭދަ ކުރި މީހުންގެ މަތިން ހަނދާން ނައްތާ ނުލާނެ ކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ށ. ކަނޑިތީމަށް އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ވަޑައިގެން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ސަރުކާރާއި އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރާއެކު ޖުމްލަ ހަތް އަހަރު ދުވަހު އެމްޑީޕީގެ އާއްމު މެންބަރުން މަގުމަތީގައި ހޭދަ ކުރަން ޖެހުނު ކަމަށެވެ. ރައްޔިތުން ގޮވައިގެން އެ އަނިޔާވެރިކަމަށް އަނެއްކާ އެނބުރި ދާން ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ އަނިޔާވެރިކަން ނުފެންނަ ބަޔަކަށް އެއީ ނުވާ ކަމެއް ކަމަށް ނުވަތަ އެއީ ނެތް ދުވަހެއް ކަމަށް ހެދި ދާނެ ކަމަށާއި ނަމަވެސް އެމަނިކުފާނަށް އަދިވެސް އެ އިހުސާސްތައް ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ އަނިޔާވެރިކަމާއެކީގައި މަގުމަތީގައި ހޭދަ ކުރި ދުވަސްތަކުގައި ބައިވެރިވި މީހުންނެއް ދުލެއް ނުކުރެވޭނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އެހެންނަމަވެސް ރައީސް ވިދާޅުވީ ޕްރައިމަރީގައި ނިންމާ ގޮތެއްގެ މަތިން ރާއްޖޭގެ ވެރިކަން މުޅިން އެހެން ބައެއްގެ އަތަށް ފުރޮޅި، އަނެއްކާވެސް އެ އަނިޔާވެރިކަމަށް އެނބުރި ރާއްޖޭގެ ވެރިކަން މުޅިން އެހެން ބައެއްގެ އަތަށް ފުރޮޅިގެން ހިނގައިދާނެ ކަމަށެވެ.
މާލެ ސަރުކާރުން އަންގައިގެން އައްޑޫގައި ސިފައިން ދިދަ ނުނެގި
ސަވާހިލި، އައްޑޫ އިހްތިސާސްއިން ވަކިކުރުމަކީ ތަރައްޤީއަށް ހުރަސްއެޅުން
ވަކިކުރި މުވައްޒަފުންގެ ހައްގުގައި ކުރެންދޫގައި ސިލްސިލާ މުޒާހަރާ
އެލްޖީއޭ ބޯޑު ބައްދަލުވުންތައް ލައިވްކުރަން އެމްޑީޕީން ހުށަހަޅައިފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އަމްޖަދު އައްޔަންކޮށްފި
ސަރުކާރުން އުޅެނީ 14،000 ވުރެ ގިނަ މުވައްޒަފުން ވަކިކުރަން: ފައްޔާޒު