ރާއްޖެ އާއި އިންޑިއާ އިން ތިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއި ކޮށްފައި ވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުގެ ދަތުރުފުޅުގެ ތެރެއިންނެވެ.
ނ. މަނަދޫގައި މިއަދު ބޭއްވި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމަށް 100 މިލިއަން ރުފިޔާ އިތުރުކުރުމުގެ އެއްބަސްވުމަކާއި ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމުގެ އެއްބަސްވުމެއްގެ އިތުރުން ގައުމީ ޔުނިވާސިޓީ އަށް ބޭނުންވާ ފަންނީ ތަޖުރިބާ ހޯދައިދިނުމުގެ އެއްބަސްވުމެކެވެ.
މި އެއްބަސްވުންތަކުގެ އިތުރުން އިންޑިއާ އިން ވަނީ އެމްއެންޑީއެފް އަށް ދެ ސީ-އެމްބިއުލާންސް ވެސް ހަދިޔާ ކޮށްފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި އެކަނި ވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދު 18 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖައިޝަންކަރު ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެ އަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް އިންޑިއާ އިން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅޭ ސަބަބު އެނގޭ: ނަޝީދު
ބޭނުންވަނީ ހައްގުތައް ގެއްލިދާނެކަން އިހުސާސް ނުކުރެވޭނެ ދުވަހެއް
ޔަޒްމީދު އިސްތިއުފާ ދިނުމުން ޖޭއެސްސީއަށް ރައީސްގެ އާ ބޭފުޅަކު
ވަޔާ ކަނޑުތައް ގަދަވުމުން ޔެލޯ އެލާޓު ނެރެފި
ތިން ރައީސުންގެ މަންދޫބުން ނިންމެވީ ޕާޓީތަކާ މަޝްވަރާކުރަން