ގއ. ވިލިނގިލީގައި މިހާރު އިމާރާތް ކުރަމުންދާ ރޯހައުސްތަކުގެ އަދަދު 100 އަށް އިތުރުކޮށް، އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ކުރިން ނިންމާފައި އޮތީ ވިލިނގިލީގައި ހަމައެކަނި 50 ރޯހައުސް އަޅާ ގޮތަށެވެ. ރޯހައުސްތަކުގެ ޖުމްލަ އަދަދު 100 އަށް އިތުރުކުރީ އެ އަދަދު މަދުވުމުން، އެކަމުގެ ޝަކުވާ ވިލިނގިލިން ސަރުކާރަށް ދެންނެވުމުންނެވެ.

https://twitter.com/hathavees/status/1615374702205358083?s=46&t=O-ckP-MUUHNGSYgbdHmcfQ

[caption id="attachment_46415" align="alignnone" width="1024"] ރޯހައުސްތަކުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ހަތާވީސް ފޮޓޯ/ ޙުސައިން ޙަސަން[/caption]

ރޯހައުސްތަކުގެ އަދަދު އިތުރުކުރިކަން އިއުލާން ކުރީ ރޯހައުސްތަކުގެ ބިންގާ އެޅުމަށް އެ ރަށު ހިއްބި ބިމުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ. ރޯހައުސްތަކުގެ ބިންގާ އަަޅުއްވައި ދެއްވީ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި މެމްބަރު ސައުދާއި އާއި ގއ. އަތޮޅު ކައުންސިލްގެ ރައީސް ޝިހާމާއި ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ރޯހައުސްތަކުގެ އަދަދު މަދުވެގެން، އެ އަދަދު އިތުރުކޮށްދިނުމަށް ރަށު ކައުންސިލާއި ދާއިރާގެ މެމްބަރު ސައުދު ވެސް ސަރުކާރުގައި ދަންނަވާފައިވާ ކަަމަށެވެ.

[caption id="attachment_46416" align="alignnone" width="1280"] ރޯހައުސްތަކުގެ ކުރެހުމެއް: ވިލިނގިލީގައި ރޯހައުސްތައް އިމާރާތް ކުރަނީ އެ ރަށުގެ އިރުމަތީފަރާތު ހިއްކި ބިމުގައި[/caption]

"އަޅުގަނޑު މިއަދު ތިޔަ ރައްޔިތުންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ ތިޔަ ބޭފުޅުންގެ އެދުމާއި އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ މި ރަށުގައި އިތުރު 50 ރޯހައުސް އިމާރާތް ކުރުމަށް ނިންމަވާފައި. މިއަދު މި ބިންގާ އެޅޭ 50 ރޯހައުސްއާ އެކު، އިތުރު ކުރެވުނު 50 ރޯއުސްތަކުގެ މަސައްކަތްތައް ވެސް އެކުއެކީގައި ނިމިގެންދާނެ ގޮތަކަށް އެ މަސައްކަތް ހައުސިން މިނިސްޓްރީން ރޭވުމަށް ވަރަށް ބޮޑަށް އިސްކަންދޭނެކަމަށް،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ރޯހައުސްތައް ޑިޒައިންކޮށްފައި ވަނީ ކައުންސިލްގެ ލަފަޔާއި ބައިވެރިވުމާ އެކުގައި ކަމަށެވެ. އެ މަސައްކަތް ނިމިގެންދާއިރު އެތަނުގައި ޕާކެއް ވެސް ހުންނާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ވިލިނގިލީގައި އިމާރާތްކުރާ ކޮންމެ ރޯހައުސްއެއްގައި ތިން ކޮޓަރި، ތިން ފާހަނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ބެލްކަނީ، ލޯންޑަރީ އަދި ސްޓޯރޫމް އެއް ހިމެނޭނެއެވެ. އަދި ގަސް އިންދާލާނެ ހުސް ޖާގައެއް ވެސް ލިބޭނެއެވެ. ރޯހައުސް އިމާރާތް ކުރުން ހަވާލުކޮށްފައި ވަނީ ނުވަ މަަސް ތެރޭގައި ނިންމާ ގޮތަށެވެ. އިމާރާތް ކުރުމުގެ މަސައްކަތާ ހަވާލުވެފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑުންނެވެ.