އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޕްރައިމަރީ ކެމްޕެއިނަށް އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ ހއ. ހޯރަފުއްޓަށެވެ. ހޯރަފުއްޓަށް އެމަނިކުފާނު ވަޑައިގަތުމުން އެމަނިކުފާނަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު މަރުހަބާ ދެންނެވުމަށް ހޯރަފުށި އެއާޕޯޓު ސަރަހައްދަށް ގޮސް ތިއްބެވެ.
https://twitter.com/MDPKuriah/status/1615219903321051136?s=20&t=elKXCp1Kz8UJm0q-dBiZyQ
ހއ. ގެ ރަށްތަކުގެ އިތުރުން ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ވެސް ރައީސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ހއ. ދިއްދޫގައި އޮންނަ ކެމްޕެއިން ޖަލްސާއެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޕްރައިމަރީ ކެމްޕެއިނަށް ރައީސް އިތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންނެވިއިރު މިދިޔަ ހަފްތާ ބަންދުގައި އެމަނިކުފާނު ވަނީ އައްޑޫ ސިޓީގެ ރަށްތަކަށް ވަޑައިގެންފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް