މި އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާއިރު ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު ދެވަނަ ބުރު ބާއްވަން ނިންމާފައިވާ ކަމަށެވެ.
ފުއާދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށެވެ. އެގޮތުން ޖުލައި މަހުގެ 23ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 3ވަނަ ދުވަހާއި ހަމައަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވު ގޮތުގައި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕެއިނު ކުރުމަށް އޮގަސްޓު 10 އިން ސެޕްޓެމްބަރު 8އާ ހަމައަށް ވަގުތު ދެވޭނެ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ 280،000 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ. އެއީ 2018ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށްވުރެ 21،000 މީހުން އިތުރު އަދަދެކެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް