މާލެ އިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ކުރި އިއުލާނެއްގައި ބުނީ ހޯދަމުން ދިޔައީ ދ. މާއެނބޫދޫ / ފަރިމާވިލާ، އުމުރުން 34 އަހަރުގެ ޙަސަން ރަމީޒް ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
އޭނާ ގެއްލުނީ މިމަހުގެ ހަވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް މައްސަލަ ހުށަހެޅީ މިމަހުގެ 10ވަނަ ދުވަހު ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ ފެނުނީ ގެއްލިގެން ހޯދަން އިއުލާން ކުރި ދުވަހު ކަމަށެވެ. އެގޮތުން އެ ދުވަހުގެ ހަވީރު އޭނާ ފެނިފައިވާ ކަމަށް ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ