ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ހައްޔަރު ކޮށްފައިވާ އައްބާސް އާދިލް ރިޒާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ އައްބާސް ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން ކޯޓަށް ގެންދިއުމުން ކަމަށެވެ. ކޯޓުން އެމީހާ ބަންދުން ދޫކޮށްލީ ޝަރުތުތަކަކާއެކުއެވެ. އެކަމަކު އެ ޝަރުތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އައްބާސް ހައްޔަރު ކޮށްފައިވަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން ކަމަށް މިދިޔަ މަހުގެ 25ވަނަ ދުވަހުގެ ހެނދުނުއެވެ.
އައްބާސްގެ ނަމުގައި ހިންގަމުން އަންނަ ޓްވީޓާ އެކައުންޓަކުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ފެބްރުއަރީ 8ގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށާއި އެގޮތުން އެކަމުގެ ބަދަލު ހިފުން ފުރަތަމަ ފެށުމަށް އޭނާ އަށް ފެންނަނީ އިންޑިއާ އެމްބަސީން ކަމަށެވެ.
އައްބާސްގެ ބަންދުގެ މުއްދަތު ހަމަވުމުން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އިތުރު ހަތް ދުވަސް ވަނީ ޖަހައިފައެވެ.
އައްބާސް އަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ