އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޑޫ ސިޓީ އަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް އެ ސިޓީން ކިޔައިފިއެވެ.
ރައީސް ސޯލިހު އައްޑޫ ސިޓީ އަށް ވަޑައިގަތުމުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ގަން އެއާޕޯޓުގެ އިސްވެރިންނެވެ.
ރައީސް ސޯލިހު އައްޑޫ އަށް ވަޑައިގަތުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ ފޭދޫގައެވެ. ފޭދޫ އިން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ. ރައީސްގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަކަށް އައްޑޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ސިޓީގެ އެކި ރަށްތަކަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. ރައީސްގެ މި ދަތުރުފުޅުގައި ގޭގެއަށް ވެސް ޒިޔާރަތް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރަސްމީ ބައެއްވެސް ހިމެނެއެވެ. އެގޮތުން ފޭދޫ ސްކޫލުގެ 50 ވަނަ އަހަރީ ދުވަހާއި ޕޮލިސް ތަމްރީނެއް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް