މާލޭގައި އަނެއްކާވެސް އަލިފާނުގެ ހަދިސާއެއް ހިނގައި، ކެފޭއެއްގައި ރޯވެ އަނދައިފިއެވެ.
އަލިފާން ރޯވެ، އަނދާފައި ވަނީ އޯކިޑްމަގު އީވްނިންގ ކެފޭވެ ބަދިގޭގައެވެ.
[caption id="attachment_46180" align="alignnone" width="2560"] އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވަނީ: ހަތާވީސް ފޮޓޯ / އާދަމް ނަޒީރު[/caption]
މިއަދު އިރުއޮއްސުނު ވަގުތު ހިނގި އަލިފާން ގަޑިއެއްހާއިރު ތެރޭގައި އެމްއެންޑީއެފުން ވަނީ ކޮންޓްރޯލްކޮށްފައެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
މިފަހަރަށް އައިސް މާލޭގައި އަތޮޅު ތެރޭގައި ވެސް އަލިފާނުގެ ހާދިސާތައް ހިނގުން ދަނީ އިތުރުވަމުންނެވެ. ހިނގި މިފަދަ ހާދިސާތަކުގައި ބައެއް މީހުން ވަނީ މަރު ވެސް ވެފައެވެ. ސިލްސިލާކޮށް، ހިނގަމުންދާ މިފަދަ އަލިފާނުގެ ހާދިސާތަކާ ގުޅިގެން، މިކަމުގެ ހަގީގަތް ދެނެގަތުމަށް ފުލުހުން ވަނީ ތަހުގީގު ފަށާފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ