މި ދުވަސްވަރު ރާއްޖޭގައި ލޮލު ރޯގާ ފެތުރެމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ލޮލު ރޯގާ އަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. އެހެންކަމުން ބަލީގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިއްމު ކަމަށް އެ އެޖެންސީ އިން ބުނެއެވެ.
https://twitter.com/HPA_MV/status/1612724731463233536?s=20&t=I3-5pYgN3WC-UfWyItGzkw
އެގޮތުން އެބަލިން ރައްކާތެރިވުމުގެ ގޮތުން ގިނައިން ސައިބޯނި ލައިގެން އަތްދޮވުން އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމަށާއި ލޮލުގައި އަތްލުމާއި އުނގުޅުމުން ދުރުހެލިވުމަށާއި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
ލޮލު ރޯގާ ނުވަތަ ކޮންޓަންކްޓިވަައިރަސް އަކީ ތަފާތު ވައްތަރުގެ ވައިރަހާއި ބެކްޓީރިއާގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެ ބަލި ޖެހުމުން ހުން އައިސް ލޯ ހިރުވާނެއެވެ. މީގެއިތުރުން ލޮލޮން ފެން އައުމާއި، ލޯ ރަތްވުމުގެ އިތުރުން ލޮލުގައި މަޑުލާނެއެވެ.
އެހެންކަމުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސް ނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ