ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.
ޖޭއެސްސީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ އަސާސީ މުސާރަ އާއި ލިވިން އެލަވަންސް އަދި ރިސްކް އެލަވަންސާއެކު 48،300 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް ލިބޭނެ ކަމަށެވެ.
ޝަރުތުތައް:
ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތަކީ މުސްލިމަކަށް ވާންޖެހެއެވެ. ސުންނަތް ޖަމާއަތުގެ މީހަކަށް ވާންޖެހެއެވެ. ބުއްދި ހަމަ އަށް ހުރި މީހަކަށް ވާންޖެހޭއިރު ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ވެގެން ނުވާނެ ކަމަށް އިއުލާނުގައިވެއެވެ.
ޖޭއެސްސީގެ އިއުލާނުގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ވެގެން ނުވާނެ ކަމަށާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިވެސް ވެގެން ނުވާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ގާނޫނުލްޢުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުމާއި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވާން ޖެހެއެވެ. އަދި ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
ޖޭއެސްސީ އިން ބުނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 24ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރު ކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް ([email protected]) ފޮނުވުމުން ފޯމް ބަލައިގަންނާނެ ކަމަށެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ