ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލާގައި ހައްޔަރު ކޮށްފައިވާ އައްބާސް އާދިލް ރިޒާގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
އައްބާސް ހައްޔަރު ކޮށްފައިވަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން ކަމަށް މިދިޔަ މަހުގެ 25ވަނަ ދުވަހުގެ ހެނދުނުއެވެ. އަދި އޭނާގެ ބަންދުގެ މުއްދަތަށް އެދުވަހު ފަސް ދުވަސް ޖެހިއެވެ.
ދެވަނަ ފަހަރަށް އައްބާސްގެ ބަންދަށް ހަތް ދުވަސް ޖެހުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު އިތުރު ހަތް ދުވަސް އޭނާގެ ބަންދަށް ވަނީ ޖަހައިފައެވެ.
އައްބާސްގެ ނަމުގައި ހިންގަމުން އަންނަ ޓްވީޓާ އެކައުންޓަކުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ފެބްރުއަރީ 8ގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށާއި އެގޮތުން އެކަމުގެ ބަދަލު ހިފުން ފުރަތަމަ ފެށުމަށް އޭނާ އަށް ފެންނަނީ އިންޑިއާ އެމްބަސީން ކަމަށެވެ.
އައްބާސްގެ ބަންދުގެ މުއްދަތު ހަމަވުމުން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އިތުރު ހަތް ދުވަސް ވަނީ ޖަހައިފައެވެ.
އައްބާސް އަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް