ތަފާތު އެކި ސިޔާސީ ފިކުރުގެ މީހުންނާއެކު މަސައްކަތް ކުރި ނަމަވެސް އެމްޑީޕީގެ ހިޔާލާއި ވިސްނުން ނެރެގެން ރާއްޖެ ކުރި އެރުވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާ އެމްޑީޮީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރ. މީދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ އެއްވެސް މީހަކަށް އެކަނިމައި އެކަނި ވެރިކަމަށް ނިކުމެ ކާމިޔާބު ކުރެވޭނެ ގޮތަކަށް ނޫން ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމުގެ ހަތަރު އަހަރު ވެގެން ދިޔައިރު ތަފާތު ޚިޔާލުތަކާއެކު ފިކުރު އެއްގޮތް ކޮށްގެން ވެރިކަން ކުރެވޭނެކަން ދިވެހި ރައްޔިތުންނަށް ދައްކުވައި ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީ އިން އެ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނު ގޮތް ދިވެހި ރައްޔިތުން ހަނދާން ހުންނާނެ ކަމަށެވެ.
”އަދި އިންތިޚާބު ކާމިޔާބު ކުރެވުނުގޮތް ތި ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެއަށްފަހުގައި ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު ބަދަލުވެ މަގުމަތިވެގެން ދިޔަގޮތް މިއަދުވެސް އަޅުގަނޑުމެންގެ ހިތުގައި ހަރުލާ ހުންނާނެ. ހަނދާނެއް ނުނެއްތޭނެ،” ރައީސް ވިދާޅުވިއެވެ.
ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންނަށް ހަމަޖެހުން ގެނެސްދިނުން ކަމަށާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަން ބޭނުންފުޅުވާ ސަބަބަކީވެސް އެއީ ކަމަށް ވިދާޅުވިއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް