އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ހަރުގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.
މި ހަރުގެ ޖަލްސާ އޮންނާނީ މިރޭ 21:00ގައި އެމްޑީޕީގެ މައި ހަރުގޭގައި ކަމަށް ރައީސްގެ ކެމްޕެއިން ޓީމުން މައުލޫމާތުދެއެވެ. މިއީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތެއްގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ހަރަކާތެވެ.
https://twitter.com/MariyaDidi/status/1610470907461636096?s=20&t=mUXT1Ld3csk8VrO7mV3MVQ
ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތެއްގައި ރައީސް ސޯލިހު ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހުނު ނަމަވެސް، އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތްތައް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ފެށިފައެވެ.
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ ޖެނުއަރީ 28ގައެވެ.
މި ޕްރައިމަރީގައި ރައީސް ސޯލިހާ ދެން ވާދަ ކުރައްވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދުވެސް އަންނަނީ އެމަނިކުފާނުގެ ކެމްޕެއިނު ހަރުގެ ޖަލްސާތައް ބާއްވަމުންނެވެ.