ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމާއި ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން، ރޭ ހައްޔަރުކުރި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދޫކޮށްލައިފިއެވެ.
މުއިއްޒާއެކު އިތުރު ތިން މީހަކު ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރިއެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އިދިކޮޅުން ރޭ ބޭއްވި މުޒާހަރާ އިން ހައްޔަރުކުރި އެންމެން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.
ރައީސް ޔާމީނަށް ކުރި ހުކުމާއި ގުޅިގެން އިދިކޮޅުން އަންނަނީ މާލެ ތެރޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.
އެ މުޒާހަރާތަކުން މިހާތަނަށް ހައްޔަރުކުރި އެންމެންގެ ތެރެއިން ދެ މީހަކު ފިޔަވާ އެހެން އެންމެން ވެސް ވަނީ ބަންދުގެ މުއްދަތު އިތުރު ނުކޮށް ދޫކޮށްލައިފައެވެ.
ކްރިމިނަލް ކޯޓުން ވަނީ ޔާމީން 11 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. ޔާމީނަށް ހުކުމް ކޮށްފައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލު ކުރުމުގެ ކުށާއި މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވުމުންނެވެ.
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން
މާފަންނުގައި ހުރި ގުދަނެއްގައި ރޯވެ އަނދަނީ