ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމާއި ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދާ މުޒާހަރާގެ ތެރެއިން، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައްޔަރުކޮށްފިއެވެ.
އިދިކޮޅުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވީ މުއިއްޒު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މީޑިއާތަކަށް ހާއްސަ ކޮށްގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހަދާފައިވާ ވަޓްސްއަޕް ގްރޫޕުގައި މުއިއްޒު ހައްޔަރު ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ހިއްސާ ކޮށްފައެވެ.
މުއިއްޒު ހައްޔަރު ކޮށްގެން، ފުލުހުންގެ ވެހިކަލަށް އެރުވުމަށް ގެންދާ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ.
މާލެ ސިޓީ ކައުންސިލުން ވެސް މިރޭ ބުނީ އިދިކޮޅު ކޯލިޝަނުގެ މުޒާހަރާގެ ތެރެއިން މުއިއްޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ރައީސް ޔާމީނަށް ކުރި ހުކުމާއި ގުޅިގެން އިދިކޮޅުން އަންނަނީ މާލެ ތެރޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.
ކްރިމިނަލް ކޯޓުން ވަނީ ޔާމީން 11 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. ޔާމީނަށް ހުކުމް ކޮށްފައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލު ކުރުމުގެ ކުށާއި މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވުމުންނެވެ.
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި
ހިޔާގެ 31 އެޕާޓުމަންޓެއްގެ 148 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިން
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ