ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމު ކޮށްފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އެޕާޓީ އިން ބުނެއެވެ.
ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަނީ މަޖިލިސް ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
https://twitter.com/MDPSecretariat/status/1610227755156910080?s=20&t=AXlmloqnW6U1NO_Kb_Zt8g
އެމްޑީޕީ އިން އިއްޔެ އާއްމު ކޮށްފައިވާ ކެންޑިޑޭޓުންގެ ލިސްޓުގައި ނަޝީދަށް ލިބިވަޑައިގަތީ ކެންޑިޑޭޓު ނަންބަރު އެކެކެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ ކެންޑިޑޭޓު ނަންބަރު ދޭކެވެ.
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ ޖެނުއަރީ 28ގައެވެ.
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ގައުމުތަކާއެކު ރަހުމަތްތެރިކަމުގެ ފާލަމެއް ނޭޅުނު
15 ދުވަސް ޖަހަން އެދިފައިވަނިކޮށް، މައިމޫން ކޯޓުން ދޫކޮށްލައިފި
ސްޓެލްކޯއިން ޕީއެންސީއަށް މީހުން ވައްދާކަން ފަޅާއަރައިފި
އެމްޑީޕީން ހުށަހެޅި ހިރިމަރަދޫ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ