އިންޑިއާއިން ރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯވްއޯވާ ނުވަތަ އިތުރު މުއްދަތަކަށް ފަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
އިންޑިއާއިން ރާއްޖެއަށް މި ފެސިލިޓީ ދީފައިވަނީ ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށާއި ސަރުކާރަށާއި ރައްޔިތުންނަށް އެހީވުމުގެ ގޮތުންނެވެ.
އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ފެސިލިޓިއަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރިޒާވް ބޭންކް އޮފް އިންޑިއާއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓިއާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ވެފައިވާ ކަރަންސީ ސްވަޕެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެ މަގު ފަހިކޮށްދީފައިވާއިރު، 30 ބިލިއަން އިންޑިއަން ރުޕީސްގެ ފުރަތަމަ ބައި ރާއްޖެއަށް ދޫކޮށްފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 23 ގައި ކަަމށް ބަޔާނުގައި ވިދާޅުވިއެވެ.
2024 ވަނަ އަހަރުން 2027 އަށް އެކުލަވާލާފައިވާ މި އޮނިގަނޑުގެ ދަށުން ދެފަރާތުގެ މެދުގައި ވެވިފައިވާ ކަރަންސީ ސުވަޕް އިންތިޒާމުން އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކުން ބޮޑެތި ލުއިތަކެއް ލިބިގެންދެއެވެ.
ބަޔާނުގައި ވިދާޅުވީ، 2012 ވަނަ އަހަރު މި އޮނިގަނޑު ތައާރަފުކުރި ފަހުން އިންޑިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ ސުވަޕް އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފައެވެ. އަދި 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޯލަރުގެ ދިގު މުއްދަތުގެ ޓީ-ބިލް ވެސް އިންޑިއާއިން ވަނީ ގަނެފައެވެ.
ބަޔާނުގައި ވަނީއިންޑިއާއިން ގަނެފައިވާ 150 މިލިއަން ޑޮލަރުގެ ތިން ޓީ-ބިލް ރާއްޖެއިން ދައްކައި ހަލާސްކޮށްފައިވާކަން ފާހަގަކޮށް އެއަށް އެރި އިންޓްރެސްޓުގެ ގޮތުގައި 42.8 މިލިއަން ޑޮލަރު ދައްކާފައިވަނީ އިންޑިއާ ސަރުކާރުން ކަމަށް ވެސް ވަނީ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ