އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ގާއިމުކުރާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު މެމޮރަމްޑަމް އޮފް އެސޯސިއޭޝަން (އެމްއޯޔޫ) ގައި މިއަދު ސޮއިކޮށްފިއެވެ.
މި އެމްއޯޔޫއަކީ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" (އެޗްއައިސީޑީޕީ) ގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބާލާސުބްރަމާނިމްއެވެ. މަޝްރޫއު ހިންގަނީ ސްޕޯޓްސް މިނިސްޓްރީން ކަމަށްވާތީ އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
މި ރަސްމިއްޔާތުގައި އިރުތިޝާމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަށްރަށުގައި ފިޓްނެސް ސެންޓަރުތައް ގާއިމުކޮށް، ރައްޔިތުންނަށް ތަރައްގީ އާއި ދުޅަހެޔޮ ދިރިއުޅުމެއް ހޯދައި ދިނުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަ ކުރައްވައިފައެވެ. އިތުރު ތިން ރަށަކަށް ބޭނުންވާ ސާމާނު ހޯދަން އެއްބަސްވިއިރު، މިދިޔަ ޖުލައި މަހު 42 ރަށަކަށް ބޭނުންވާ ސާމާނު ހޯދުމަށް ވެސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
ރާފިއު ވިދާޅުވީ، މި ސެންޓަރުތަކުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ކަސްރަތު ކުރުމާއި މުޖުތަމައުގެ ގުޅުން ބަދަހިކުރެވޭނެ މާހައުލެއް ގާއިމު ކުރެވިގެންދާނެ ކަމަށެވެ.
ދެ މިނިސްޓަރުން ވެސް ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އިރުތިޝާމްގެ ވާހަކައިގައި ހާއްސަކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އާއި އިންޑިއާ ސަފީރު އަދި ޓީމު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކުރެއްވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ