ދައްކާފައިވާ ކަމަށާއި، މި ފައިސާ ދެއްކި ނަމަވެސް ބޭހާއި އެހެނިހެން ޒަރޫރީ މުދާ ރާއްޖެއަށް އެތެރެކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް މާލީ ވުޒާރާއިން މިއަދު ހާމަކޮށްފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ބަޖެޓަށް އެހީވުމުގެ ގޮތުން އެސްބީއައި މެދުވެރިކޮށް ހަމަޖައްސައިދިން މި 150 މިލިއަން ޑޮލަރު އަނބުރާ ދެއްކުމުގެ މުއްދަތު އެކި ފަހަރު މަތިން އިންޑިއާއިން ވަނީ އިތުރުކޮށްދީފަ އެވެ.

މާލީ ވުޒާރާއިން ބުނި ގޮތުގައި އެ 150 މިލިއަން ޑޮލަރުގެ ޓީ-ބިލް މިހާރު ވަނީ އެއްކޮށް ހަލާސްކޮށްފަ އެވެ.

އެ ފައިސާ ދައްކައި ނިންމި ތަފުސީލަކީ:

- ފުރަތަމަ 50 މިލިއަން ޑޮލަރު ދެއްކީ 2024 ވަނަ އަހަރު

- ދެވަނަ 50 މިލިއަން ޑޮލަރު ހަލާސްކުރީ މިދިޔަ މެއި މަހު

ބާކީ އޮތް 50 މިލިއަން ޑޮލަރުގެ މުއްދަތު މިއަދަށް ހަމަވިއިރު، އެ ފައިސާ މިއަދު ވަނީ ދައްކާފައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައުލޫމާތުތަކާ ހަވާލާދީ އެ ވުޒާރާއިން ބުނީ، މިދިޔަ މަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވުގައި ގާތްގަނޑަކަށް 644 މިލިއަން ޑޮލަރު ހުރި ކަމަށެވެ.

އަދި ތެލާއި ކާބޯތަކެތީގެ އިތުރުން ސިއްހީ ފަރުވާއަށް ބޭނުންވާ ތަކެތި ފަދަ ޒަރޫރީ ސާމާނު އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ދަތިކަމެއް ނެތި ލިބޭނެ މަގު ސަރުކާރުން ފަހިކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ދަރަނި އަދާކުރުމުގެ ސަބަބުން އަސާސީ މުދާ އެތެރެކުރުމަށް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

އެސްބީއައި މެދުވެރިކޮށް ޓީ-ބިލުގެ ގޮތުގައި ދޫކުރި 100 މިލިއަން ޑޮލަރުގެ އިންޓްރެސްޓް ފައިސާ ދައްކައިދިނީ އިންޑިއާ ސަރުކާރުންނެވެ. އަދި 2019 ވަނަ އަހަރު އެސްބީއައިން ރާއްޖެއަށް ދިން 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު އިންޑިއާއިން ކުރިން މައާފުކޮށްދީފައިވާކަން ވެސް ފާހަގަކުރެވެ އެވެ.