ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށްޓަކައި، ދިވެހި ރުފިޔާގެ އަގާއި ބޭނުންތެރިކަން އިތުރުކުރުމުގެ ގޮތުން މުސާރަތައް ރުފިޔާއިން ދޭން ފަށަންޖެހޭ ކަމަށާއި މި ބަދަލުތައް 2030 ވަނަ އަހަރުގެ ނިޔަލަށް ގެންނަން އަމާޒު ހިފާފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ހާމަކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ އެތެރޭގައި ހިންގޭ ހުރިހާ މާލީ މުއާމަލާތްތަކެއް ދިވެހި ފައިސާއަށް އެއްކޮށް ބަދަލުކުރުމަކީ މަރުކަޒީ ބޭންކުގެ މައިގަނޑު ތަސައްވުރެއް ކަމަށެވެ. އަދި ޑޮލަރުން އާމްދަނީ ލިބޭ ވަރަށް ގިނަ ފަރާތްތަކުން ބޭރު ފައިސާ ކަޅު ބާޒާރުގައި ވިއްކަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބަދަލަކީ ކުއްލިއަކަށް އެއްފަހަރާ ގެންނާނެ ބަދަލެއް ނޫން ކަމަށާއި، ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންގޮސް 2030 ގެ ކުރިން އެތެރޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ހަމަޖައްސާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ދައްކާ ބިމު ކުއްޔާއި، ރިސޯޓުތަކާއި ޓީއެމްއޭ ފަދަ ވިޔަފާރިތަކުން ދޭ މުސާރަތައް ވެސް ރުފިޔާއަށް ބަދަލުކުރަން ޖެހޭނެ ކަމަށާއި، މީގެ ސަބަބުން ދިވެހި ފައިސާއަށް އޮންނަ ޑިމާންޑް އެތައް ގުނައެއް އުފުލިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން އިގްތިސާދީ ފުޅާ ދާއިރާއެއްގައި ބޮޑެތި އިސްލާހީ ބަދަލުތައް ގެނެސް، ދައުލަތުގެ ބަޖެޓުގެ ސިޔާސަތުތައް ހަމައަކަށް އަޅުވަންޖެހޭ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ. އަދި ކުރިމަގުގައި މޭނޭޖްޑް ފްލޯޓިން އެކްސްޗޭންޖް ރޭޓަކަށް ދިޔުމަށް އެމްއެމްއޭއިން ވިސްނާއިރު، އެފަދަ ނިޒާމަކަށް ވާސިލުވުމަށް އެކަށީގެންވާ ވަރުގަދަ ބޭރު ފައިސާގެ ރިޒާވެއް ގާއިމުވެފައި ހުންނަންޖެހޭނެ ކަމަށް އޭނާ ސާފުކޮށްދެއްވިއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން