އިންޑިއާގެ 80 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި، ދެ ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުން އިތުރު ހަރުފަތަކަށް ގެންދެވުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ރައީސް ވަނީ އިންޑިއާގެ ރައީސް ދްރޯޕަދީ މުރުމޫ އަށާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިއާ ސަރުކާރަށާއި އެކުވެރި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރި މަރުޙަބާއާއި ތަހުނިޔާ އަރިއަސްކުރައްވާފައެވެ.
ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، އިންޑިއާއިން ފުރިހަމަކުރި މިނިވަންކަމުގެ އަށް ދަހަރު (80 އަހަރު) ރަމްޒުކޮށްދެނީ އެ ގައުމުގެ ސަރުކާރާއި ރައްޔިތުންގެ އުންމީދުތަކާއި، ސާބިތުކަމާއި އަދި ނުގުޑާފަދަ ޢަޒުމެވެ.
އަދި މިއަދު ފާހަގަކުރާ ހާއްސަ މުނާސަބަތުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ވަނީ ދެ ގައުމުގެ މެދުގައިވާ އިހްތިރާމާއި، ދެފަރާތުގެ މަންފާއާއި އަދި ގާތް އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުން އިތުރަށް ކުރިއަރުވައި ބަދަހިކުރުމުގައި ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
އިންޑިއާއަކީ ދިވެހިރާއްޖޭގެ ތަރައްގީ އާއި، އެކި ކާރިސާތަކުގައި އެންމެ އެހީތެރިކަން ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބައިވެރިޔާއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ