މާލޭގެ އަމީނީމަގުގައި ފަހުން ތާރު އެޅި ބައި ހަލާކުވުމުން އެ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
އަމީނީމަގުގެ ފަހު ސެގްމަންޓުގައި ތާރު އެޅީ މި ސަރުކާރު އައި ފަހުންނެވެ. އެ ސަރަހައްދުގައި މިހާރު ހުރީ "ރާޅު ބާނިތަކެއްހެން" ތާރުގަނޑު އަރައިފައެވެ.
ބައެއް މީޑިއާތަކުން އެކަން ރިޕޯޓު ކުރުމުން އެ ސަރަހައްދު ރަނގަޅު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މިހާރު އަނެއްކާވެސް އެ ސަރަހައްދު އޮތީ ހަމަ އިހު އޮތް ގޮތަށެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް މީގެކުރިން ވިދާޅުވީ އެ ސަރަހައްދުގައި އަލުން ތާރު އަޅަން ނިންމާފައިވާ ކަމަށާއި އެކަން ކުރަން ހަމަޖެހިފައި ވަނީ ބޭރުގެ ރޯޑް އިންޖިނިއަރެއް ގެނެސްގެން ކަމަށެވެ.
ނަމަވެސް ހައުސިން މިނިސްޓްރީން ބުނީ އަމީނީމަގާއި އިއްޒުއްދީނުމަގާއި ބޮޑުތަކުރުފާނު މަގު ހެދުމަށް އެމްޓީސީސީއާ މިދިޔަ މަހުގެ 15ވަނަ ދުވަހު ހަވާލު ކޮށްފައިވާ ކަމަށެވެ.
އެއާއެކު އެމްޓީސީސީން މިއަދު ވަނީ އެ މަގު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފައެވެ.
އެ ކުންފުނިން ބުނީ މަގު މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފެށި އިރު، މިހާރު ކުރިއަށް ދަނީ ފުރަތަމަ ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގަނޑު ނެގުމުގެ މަސައްކަތް ކަމަށެެވެ. މި މަޝްރޫއުގެ ދަށުން މަގު މަރާމާތުކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ޒަމާނީ ބަދަލުތަކެއް ގެންނާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު