މާލޭގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ މީހަކު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ މާލެ، ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީ ސައިކަލަކާއި ލޮރީއެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ މިއަދު 15:57 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް) / މާލެ، އިބްރާހީމް ނާސިހް ނަމަކަށް ކިޔާ އުމުރުން 39 އަހަރުގެ މީހެކެވެ.
އޭނާ ނިޔާވެފައިވަނީ ޓްރެއިލާ ލޮރީ ދަށުވެގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށާއި އަދި އުޅަނދުގެ ދަށުވާން މެދުވެރިވީ، އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް ނުބެލެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން