ދިވެހި ރާއްޖެއާ އަވަށްޓެރި އިންޑިއާގެ އިގްތިސޯދީ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެ ބައްދަލުވުން އޮތީ އިންޑިއާގައެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސޯދީ ވަޒީރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަތެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ އަމިއްލަ ފަންތީގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ އެއްބާރުލުން ފުޅާކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް އެ ބައްދަލުވުމުގައި އަލިއަޅުއްވާލި ކަމަށެވެ.
ފިޗީ އިންޑިއާގެ ރައުންޑްޓޭބަލް މަޝްވަރާ ބައްދަލުވުމުގައި ވަޒީރު ސައީދު ހާއްސަ ތަގުރީރެއް ދެއްވިއެވެ.
އެ ތަގުރީރުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ ރާއްޖެއަށް ނުހަނު ބޭނުންތެރި ގުޅުމެއްކަން ފާހަގަކުރައްވަމުން، މިއީ ހަމައެކަނި އިގްތިސޯދީ މުއާމަލާތްތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.
ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ގުޅުމަކީ އެތައް ޖީލެއްގެ މެދުގައި ދެމެމުން އައިސްފައިވާ ގާތްކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިގްތިސޯދު ކުރިއަރުވައި، އައު ފުރުސަތުތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، މި ބައްދަލުވުމަކީ މިހާރު އޮތް ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
އެ ބައްދަލުވުމަކީ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އިސްކަންދޭ ކަންކަން ކުރިއެރުވުމާ ގުޅޭގޮތުން، އެ ދާއިރާގެ މުހިންމު ހިއްސާދާރުންގެ މެދުގައި ހިޔާލު ބަދަލުކުރުމަށް ބޭއްވުނު ސެޝަނެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ