ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގަވާއިދާ ހިލާފަށް ކުނި އުކާލުމުގެ މަސައްކަތުގައި އުޅުނު ބިދޭސީ ދެ މީހަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހިފެހެއްޓީ ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ އެމްޑީ މޮނިރް އާއި އެމްޑީ ހަބީބު އުލާހް އެވެ. މޮނިރް އަކީ "ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް" ގައި މޭސަނެއްގެ ގޮތުގައި މަސައްކަތް ކުރަން ވިސާ އޮތް މީހެއް ކަމަށާއި، ހަބީބު އުލާހް އަކީ "އޭޔޫ ފެހުން" ގައި ފަހާ މީހެއްގެ ގޮތުގައި މަސައްކަތް ކުރަން ވިސާ ދޫކޮށްފައިވާ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކުނި އުފުލަން ބޭނުންކުރި ޕިކަޕާ ވެސް އެކުގައެވެ. ފުލުހުން ބުނި ގޮތުގައި މިއީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި، ކުނި މެނޭޖުކުރުމުގެ ގާނޫނުގެ އިތުރުން އިމިގްރޭޝަނާއި ވަޒީފާއާ ބެހޭ ގާނޫނުތަކާ ވެސް ހިލާފަށް އެމީހުން ކުރަމުންދިޔަ މަސައްކަތެކެވެ.
މި މީހުންނާ މެދު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، 2016 ވަނަ އަހަރު ވެމްކޯ އިން ކުނި އުކާލުމުގެ ހިދުމަތް ދޭން ފެށި ފަހުން، ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތްތަކުން ކުނި އުކާލުމުގެ މަސައްކަތް ކުރުމަކީ މަނާކަމެކެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި