ސިވިލް ކޯޓަށް ތިން ގާޒީއަކު ހޯދަން ހުޅުވާލި ފުރުސަތުގައި 42 ބޭފުޅަކު ކުރިމަތިލައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 42 ބޭފުޅަކު އެ މަގާމަށް ކުރިމަތިލާފައިވާ ކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީއެއްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އޮތީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނީ ދާއިރާއިން، ނުވަތަ މި ދެ ދާއިރާ އެކުލެވޭ ފަދަ ފުރަތަމަ ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ތިން އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވާން ޖެހޭނެއެވެ.
އެ މަގާމަށް މުސާރައިގެ ގޮތުގައި ލިބެނީ 37,700ރ. އެވެ. އަދި އެލެވަންސްގެ ގޮތުގައި 22،300ރ. އާއި މެޑިކަލް އިންޝުއަރެންސް ވެސް ލިބެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން