ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭއްވި ތާރީހީ މަޝްވަރާ ބައްދަލުވުމަށްފަހު އެކުގައި މަސައްކަތް ކުރުމަށް މަޑުޖެހުމެއް އަތުވެފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވާކަން ހާމަކުރެއްވީ މިދިޔަ މޭ މަހުގެ 15ވަނަ ދުވަހުއެވެ. އެ ބައްދަލުވުމުގައި ތިން ރައީސުން ވަނީ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.
މީޑިއާތަކަށް ހާމަކޮށްފައިވާ މި އެއްބަސްވުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކަށް އުނިކަން ލިބި، އަދުލު އިންސާފު ގާއިމުކުރާ ކޯޓުތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބާރުތައް ހަނިކޮށްފައިވާ ކަމަށްވެސް މި ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ.
އެ ބައްދަލުވުމަށްފަހު ތިން ރައީސުން ވަނީ މަންދޫބުންތަކެއް ވެސް ކަނޑައަޅައިފައެވެ. އެ މަންދޫބުން ވެސް އެއް ފަހަރު ބައްދަލުވިއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ތިން ރައީސުންގެ މަންދޫބުންގެ ދެ ބައްދަލުވުމެއް ކުރިޔަށްދިޔަ ކަމަށެވެ. ނަމަވެސް މާބާރު ސްޕީޑެއްގައި މަސައްކަތް ކުރިޔަށް ނުދާ ކަމަށް ވިދާޅުވިއެވެ.
ދާދިފަހަކުން ރައީސް ޔާމީން ވަނީ ރައީސް ނަޝީދަށް ފާޑު ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ނަޝީދުގެ ސަޕޯޓަރުން ޔާމީނާއި ނުރުހުންވެ، ފާޑު ކިޔާފައިވެއެވެ. ނަމަވެސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި ފާޅުކުރާ ހިޔާލެއްގެ ސަބަބުން އެ މަސައްކަތް ނުހުއްޓޭނެ ކަމަށެވެ.
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ