ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ފެތުރެމުންދާ ލިޔުމެއްގައި ބުނެފައިވަނީ، ދިވެހިރާއްޖެއާ ކައިރީގައިވާ އިންޑިއާ ކަނޑުގެ ސަރަހައްދެއް ކަމަށްވާ ކާލްސްބާގު ރިޖަށް ކުރިއަށް އޮތް ތަނުގައި 5.2 މެގްނިޓިއުޓްގެ ބާރުމިނުގައި ބިންހެލުމެއް އައުން އެކަށީގެންވާ ކަމަށެވެ. އަދި މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށްވެސް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.
އެކަމާއި ގުޅިގެން މެޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބިންހެލުމެއް އަތުވެދާނެކަން ސައިންޓިފިކް ހޯދުންތަކުގެ އެހީގައި ކުރިއާލައި ދެނެގަނެވޭނެ އެއްވެސް ވަސީލަތެއް މިހާތަނަށް އުފެދިފައެއް ނުވެއެވެ. އެހެންނަމަވެސް، ގިނަ ދުވަސްތަކެއްގެ ތަފާސްހިސާބުތަކަށް ބިނާކޮށް ބިންހެލުން އައުމުގެ ފުރުސަތު ބޮޑު ސަރަހައްދުތައް ސައިންސްވެރިންނަށް ފާހަގަކުރެވިދާނެ ކަމަށް އެ އިދާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ބިންހެލުމެއް ލައިގަންނާނެ ސީދާ ގަޑިއާއި، ތާރީހު ނުވަތަ އެކަން ހިނގާނެ ސީދާ ތަން ދެނެގަނެވޭނެ އެއްވެސް އިލްމީ ގޮތެއް ނެތްކަން މެޓް އޮފީހުން ވަނީ ސާފުކޮށްދީފައެވެ.
މޫސުމާ ބެހޭ އިދާރާއިން އިތުރަށް ބުނެފައިވަނީ، ބިންހެލުންތަކާ ގުޅޭ އެންމެހާ ކަންކަން އެ އޮފީހުން ދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. އަދި ރާއްޖެއަށް ނުރައްކާވެދާނެ ފަދަ ބިންހެލުމެއް އަތުވެއްޖެ ހާލަތެއްގައި، އެ މައުލޫމާތު ވަގުތުން ރައްޔިތުންނާ ހިއްސާކުރާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ދެއެވެ.
ބިންހެލުންތައް ކުރިއާލައި އެނގޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާތީ، އެފަދަ ދޮގު މައުލޫމާތުތަކަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ތިން ރައީސުން ގުޅިގެން މަސައްކަތް ކުރުން މަޑުޖެހިއްޖެ: ނަޝީދު
ބިންހެލުމެއް އަތުވެދާނެކަން ކުރިއާލައި ދެނެގަނެވޭނެ ގޮތެއް ނޯންނާނެ
ސެކިއުރިޓީ ކަނޑާލިއަސް، މުޒާހަރާއަށް ދާނަން: ނަޝީދު
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!