އިންޑިއާގެ ޔުނިފައިޑް ޕޭމެންޓު އިންޓަފޭސް (ޔޫޕީއައި) އާއި ރާއްޖޭގެ ފަވަރަ ނިޒާމު ގުޅާލުމުން ދެގައުމަށްވެސް ލުއިތަކެއް ލިބިގެން ދާނެ ކަމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ ސީއީއޯ އަދި ކަންޓްރީ ހެޑް މަނޯޖު ކުމާރު ސިންގް ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި، މޯލްޑިވްސް ފައިނޭންޝަލް ފޯރަމްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި މަނޯޖު ވިދާޅުވީ ދެ ސިސްޓަމް ގުޅާލުމަށް ވަގުތުތަކެއް ނަގާނެ ކަމަށެވެ. އަދި އެކަމަށް ވަގުތު ނަގަނީ ދެ ސިސްޓަމް ގުޅާލުމަށް ކޮންމެހެން ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ކަމަށް މަނޯޖު ވިދާޅުވިއެވެ.
ރާއްޖޭގެ އިމްޕޯޓުގެ ގާތްގަނޑަކަށް 65 ޕަސެންޓު ގެންނަނީ އިންޑިއާ އާއި ޗައިނާއިން ކަމަށް ވިދާޅުވެ މަނޯޖު ވިދާޅުވީ ފަވަރަ އާއި ޔޫޕީއައި ގުޅާލުމުން ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ހޯދަން ނުޖެހޭނެ ކަމަށެވެ.
މިދިޔަ އަހަރު މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ ޔޫޕީއައި އާއި ރާއްޖޭގެ ފަވަރަ ނިޒާމު މި މަހުގެ ތެރޭގައި ގުޅާލެވޭނެ ކަމަށް ބުނެފައެވެ.
މި ބަދަލާއެކު އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވުމުގެ ފުރުސަތު ލިބި، އޮންލައިންކޮށް ދެ ގައުމުގެ ދެމެދުގައި ކުރެވޭ މުއާމަލާތްތައް މިހާރަށްވުރެ އަވަސްވެފައި ރައްކާތެރިވާނެއެވެ.
ފަވަރަ ނިޒާމަކީ މިހާރުވެސް ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް އޮތް ނަމަވެސް، އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވޭގޮތަށް ފަރުމާކޮށްފައިވާ ފަސޭހަ ނިޒާމެކެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި