ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުން މުޒާހަރާތަކަށް ނުކުމެވަޑައިގެން އުޅުއްވާ ވަގުތުތަކުގައި، އެމްއެންޑީއެފްއިން ފޯރުކޮށްދޭ ވީއައިޕީ ސެކިއުރިޓީ ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން އިއްޔެ ނިންމައިފިއެވެ.
މި ބަދަލު ގެނައުމަށްޓަކައި "އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު" އިސްލާހުކުރަން ކޮމިޓީއަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
އިއްޔެ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މި އިސްލާހު ފާސްވެގެންދިޔައީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ޕީއެންސީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ނަމަވެސް، އިދިކޮޅު އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާގެ އިތުރުން، މާފަންނު އުތުރު ދާއިރާގެ އެމްއެންޕީ މެންބަރު މުހައްމަދު ނާޒިމް އަދި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ވަނީ މި ނިންމުމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
ކުއްލިއަކަށް އެ ބަދަލު ގެންނަން 241 ކޮމެޓީން ނިންމީ ކީއްވެ ކަމެއް ނޭނގެއެވެ.
މި ބަދަލު ގެންނަން ކޮމިޓީން ނިންމާފައި މިވަނީ، މިހާރުގެ ސަރުކާރާ ދެކޮޅަށް ސިޔާސީ ގޮތުން މަސައްކަތް ކުރެއްވުމަށް ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު އިއްތިހާދުވެވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.
މި ތިން ރައީސުންގެ ތެރެއިން ރައީސް ނަޝީދާއި ރައީސް ސޯލިހަކީ އިދިކޮޅު އެމްޑީޕީން ބާއްވާ މަގުމަތީ ހަރަކާތްތަކުގައި ދޭތެރެއަކުން އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި