ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމުގެ ނަމުގައި ކޮންމެ މިނިސްޓްރީއެއްގައި "ޚާއްސަ ޔުނިޓެއް" އުފެއްދުމަށް ނިންމި ނިންމުމަކީ ސަރުކާރު ހިންގުމުގެ ނިޒާމު ފެއިލްވެއްޖެ ކަމަށް އަމިއްލައަށް އިޢުތިރާފުވުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޝްރޫއުތައް ބަލާނެ ފަރާތްތަކާއި އެ މަސައްކަތް ކުރާނެ ފަރާތްތައް މިހާރުވެސް ނިޒާމުގެ ތެރޭގައި އެބަތިބި ކަމަށެވެ. އަދި މިފަދަ ޔުނިޓުތަކެއް އުފެއްދުމަކީ ކުރިއެރުމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މައްސަލައަކީ ލީޑަޝިޕެއް، ސިޔާސަތެއް އަދި އަމާޒެއް ނެތުން. ކުރަން މިއުޅޭހާވެސް ކަމަކީ އިތުރު ސިޔާސީ ވަޒީފާތައް އުފެއްދުން،" ޝާހިދު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ އިތުރު ޔުނިޓްތަކާއި، ޕޯޓަލްތަކާއި، ކޮމިޓީތަކާއި އަދި ބަހަނާތަކެއް ނޫން ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ރައްޔިތުން މިއަދު އެދެނީ ފަށާފައިވާ މަޝްރޫއުތައް ނިމި، ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ލިބި، ސަރުކާރުން ވެފައިވާ ވަޢުދުތައް ފުދިގެން ދިއުމަށެވެ. އަދި މިހާރު މަޝްރޫޢުތައް ހުއްޓާލާފައިވަނީ ސީދާ ސަރުކާރުން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
މި ސަރުކާރުން މަޝްރޫއުތައް ހިންގުމުގައި ގެންގުޅޭ ސިޔާސަތުތަކަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާއިރު، ސަރުކާރުން ބުނަމުންދަނީ މި ޔުނިޓުތަކުގެ ސަބަބުން މަސައްކަތްތައް ހަލުވިވެ، ނަތީޖާ އަވަހަށް ފެންނާނެ ކަމަށެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި