މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އޮތް ބާޖަކުން ރޭ ކަނޑަށް ވެއްޓުނު ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރެއް މިހާރު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި، އޮޔާދިޔަ ކޮންޓެއިނަރުތަކުގެ ތެރެއިން އަދި ނުފެނި ހުރި ތިން ކޮންޓެއިނަރު ހޯދުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކުން މިހާރު ދަނީ ކުރަމުންނެވެ.
އެމްޕީއެލްގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކަނޑަށް ވެއްޓިފައިވަނީ އެއްވެސް މުދަލެއް ނެތް ހުސް ކޮންޓެއިނަރުތަކެއް ކަމަށެވެ.
މާލެ ސަރަހައްދަށް މޫސުން ގޯސްވެ ވައިގަދަވި ވަގުތު، އެމްޕީއެލްގެ ކޮންޓެއިނަރުތަކެއް އޮޔާދާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 11 ޖެހި ފަހުންނެވެ.
މި ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ބެލެވެނީ ދޫނިދު އާއި ފޭދޫފިނޮޅާ ދެމެދުގެ ސަރަހައްދުން ކަމަށްވާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން ސަމާލުވުމަށް ފުލުހުންނާއި ސިފައިން ވަނީ އިލްތިމާސްކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ