ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް މުހައްމަދު ޝަކީލު މިއަދު އައްޔަންކުރައްވައިފިއެވެ.
މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޝަކީލު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ.
ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ޝަކީލާއި ހަވާލުކޮށްދެއްވާފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޝަކީލަކީ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.
ޝަކީލަކީ ރައީސް މުއިއްޒުގެ ސަރުކާރުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އިއްޔެއާ ޖެހެންދެން ހުންނެވި ބޭފުޅާއެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ، މީގެ ކުރިން އީސީގެ މެންބަރުކަމުން އޭނާ އިސްތިއުފާ ދެއްވީ އެތަނުގެ ތެރޭގައި ހުރި ބައެއް ކަންބޮޑުވުންތަކުގެ ސަބަބުން މިނިވަންކަމާއެކު މަސައްކަތް ކުރަން ހުރަސްތަކެއް ހުރުމުން ކަމަށެވެ. އަދި އެ ދުވަސްވަރު އޮތް މާހައުލުގެ ގޮތުން، އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭތީ މަގާމުން ދުރުވީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ