އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ މަގާމަށް، ޕީއެންސީގެ ސެނެޓަރު އަދި ކުރިންވެސް އެ ކޮމިޝަންގެ މެންބަރުކަން ކުރެއްވި މުޙައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރުހުން ދީފައި ވާތީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޝަކީލް ވަނީ ހައްޖު ކޯޕަރޭޝަންގެ އެމްޑީ އަދި ޑިރެކްޓަރުންގެ ބޯޑުން އިސްތިއުފާ ދިނުމަށް ހުށަހަޅައިފިއެވެ. ޕީސީބީން ހާމަކޮށްފައިވާ ގޮތުގައި، ޝަކީލް ހުށަހެޅުއްވި އިސްތިއުފާގެ ސިޓީއާ ގުޅިގެން އޭނާ ވަނީ އެ ކޯޕަރޭޝަންގެ އެމްޑީ ކަމުންނާއި ބޯޑު މެންބަރުކަމުން ވަކިކޮށްފައެވެ.
މަޖިލީހުގައި ނެގި ވޯޓުގައި ޝަކީލަށް ރުހުން ދިނުމަށް 51 މެންބަރުން ތާއީދުކުރެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޝަކީލަކީ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ، މީގެ ކުރިން އީސީގެ މެންބަރުކަމުން އޭނާ އިސްތިއުފާ ދެއްވީ އެތަނުގެ ތެރޭގައި ހުރި ބައެއް ކަންބޮޑުވުންތަކުގެ ސަބަބުން މިނިވަންކަމާއެކު މަސައްކަތް ކުރަން ހުރަސްތަކެއް ހުރުމުން ކަމަށެވެ. އަދި އެ ދުވަސްވަރު އޮތް މާހައުލުގެ ގޮތުން، އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭތީ މަގާމުން ދުރުވީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ