މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހިމް ޒިޔަތު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ނަމަވެސް، އޭނާ މަގާމުން ވަކިވެވަޑައިގަތީ ކޮން ސަބަބަކާ ހުރެކަން ހާމަކުރައްވާފައެއް ނުވެއެވެ.
މިދިޔަ މާޗު މަހު އެ މަގާމާ ހަވާލުވެވަޑައިގަތް ޒިޔަތު އިސްތިއުފާ ދެއްވާފައިވަނީ ނިމިދިޔަ މަހުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.
ޑެޕިއުޓީ ސީއީއޯގެ މަގާމުގެ އިތުރުން، އެމްޕީއެލްގެ ބޯޑު މެންބަރެއްގެ ގޮތުގައިވެސް އޭނާ އޭރު އައްޔަންކުރެވުނެވެ.
އެހެންނަމަވެސް، މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭނާ ވަނީ ބޯޑުން ވަކިކޮށްފައެވެ. އޭނާގެ ބަދަލުގައި އެމްޕީއެލްގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަން ދީފައިވަނީ އެމްއޭސީއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ލަމްއާނަށެވެ.
ޒިޔަތަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ޒިޔަތު ވަނީ އެސްޓީއޯގައި 15 އަހަރުގެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ