ކަނޑުބޯޓަކުން ރާއްޖެއަށް ގެނައި މުދާ ކޮންޓޭނަރެއްގެ ތެރެއިން ފޮރުވައިގެން އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިއްޔެ ވަނީ އަތުލައިގެންފައެވެ.
ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި، މި ތަކެތި ފެނިފައިވަނީ ކަނޑުމަގުން އައި ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
މި މުދާތައް އަތުލައިގަތުމަށް ހިންގި ހަރަކާތުގެ ވީޑިއޯއެއް ކަސްޓަމްސްއިން ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި، މި ތަކެތި ފެނިފައިވަނީ އާންމު މުދަލުގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއްގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ހުއްޓައެވެ.
މިގޮތުން ފެނުނު 5،600 ވޭޕް ކާޓްރިޖު މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މުދަލަކީ ކޮން ގައުމަކުން ފޮނުވި އެއްޗެއްކަމެއް ނުވަތަ މީގެ ވެރިފަރާތަކީ ކޮބައިކަމެއް ކަސްޓަމްސްއިން އަދި ހާމައެއް ނުކުރެއެވެ.
އެ އިދާރާއިން ބުނީ މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ