ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު މެންބަރުކަމުގެ ގާނޫނީ ހުވާ ކުރައްވައިފިއެވެ.
ސޯބެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދުގެ މަޖިލިސް ޖަލްސާ ފެށުމުގެ ކުރިންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.
މިމަހުގެ 6 ވަނަ ދުވަހު ބޭއްވި މި އިންތިހާބުގައި ސޯބެއާ ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އެވެ. މި އިންތިހާބުގައި ސޯބެއަށް 1،375 ވޯޓު ލިބިވަޑައިގެންނެވިއިރު، ސޮޑާއަށް ލިބިވަޑައިގަތީ 1،313 ވޯޓެވެ.
ސޯބެއަކީ 2011 އިން 2021 އާ ހަމައަށް 10 އަހަރު ދުވަސް ވަންދެން އައްޑޫ ސިޓީގެ މޭޔަރުކަން ކުރެއްވި ބޭފުޅެކެވެ.
މީގެ އިތުރުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އޭނާ ވަނީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ