މާފަންނު މެދު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)ގެ ކިބައިން ރައީސް ޑރ. މުހައްމަދު މުއިއްޒު މައާފަށް އެދިވަޑައިގެންފިއެވެ.
މިކަން ހާމަކުރެއްވީ މިރޭ ޕީއެންސީ ޖަގަހާގައި ބޭއްވި ޖަލްސާއެއްގައި މަޖިލީހުގެ ނާއިބު ރައީސްކަމަށް ދާދިފަހުން އިންތިހާބު ކުރެއްވި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.
ސަލީމް މިރޭ ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނިމުނު ފަހުން ޕީއެންސީގެ ބައެއް ބޭފުޅުންގެ މެދުގައި އަސްމާއްތަ ދެކެ ހިތްހަމަ ނުޖެހިފައި ތިބި ކަމަށެވެ. ނަމަވެސް އެކަންކަމާއި ގުޅިގެން ރައީސް މުއިއްޒު އަސްމާއްތަގެ ކިބައިން މައާފަށް އެދިވަޑައިގެންފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އަސްމާއްތަގެ ކިބައިން ރައީސް މައާފަށް އެދިވަޑައިގަތީ ޕާލިމަންޓްރީ ގްރޫޕުގެ ހުރިހާ މެންބަރުންގެ ކުރިފުޅުމަތީގައި ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީއެންސީ އަށް ވޯޓު ނުދޭން ބާރު އަޅާ ގޮތަށް އަސްމާ އެހެން މީހަކާ ދެއްކި ވާހަކަތަކެއްގެ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވިއެވެ.
އެ އޯޑިއޯ ލީކުވިތާ މާގިނައިރުތަކެއް ނުވަނީސް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ރާއްޖޭން ކަނޑައަޅާފައި ހުންނެވި ސަފީރު އަދި އަސްމާއްތަގެ ފިރިހެން ދަރިކަލުން މުހައްމަދު ހުސައިން ޝަރީފް (މުންދު) މަގާމުން ވަކިކުރެއްވިއެވެ. މީގެއިތުރުން ޖެނީވާގައި އދ. އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް ވަނީ މަގާމުން ވަކިކުރެއްވިއެވެ.
ސަލްމާ އަކީ އަސްމާއްތަގެ ކޮއްކޮއެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވަނީސް ސަލްމާގެ މަގާމު އަލުން އިއާދަކުރެއްވިއެވެ. އަދި ފަހުން މުންދު އަށް މިނިސްޓަރު ފެންވަރުގައި ސަރުކާރުގެ އިސް ތަރުޖަމާނުގެ މަގާމު ހަވާލުކުރެއްވިއެވެ.
މަޖިލިސް ނާއިބުކަން އެއްވެސް އިރެއްގައި ބޭނުމެއް ނޫން: ސަލީމް
މެންބަރު އަސްމާގެ ކިބައިން ރައީސް މައާފަށް އެދިވަޑައިގެންފި
މި ހުރީ ހަމަ ވަރަށް ގަދަކޮށް ރައީސް މުއިއްޒާއެކު: ޒަމީރު
ޝައްމާންގެ މައްޗަށް 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް
ފިނޭންސް މިނިސްޓަރުކަމަށް ޒަރީރު
ފިނޭންސް މިނިސްޓަރުކަމުން ޒަމީރު އިސްތިއުފާ ދެއްވައިފި