ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށް، އޭނާ ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ނާޒިމް ނެރުއްވި ބަޔާނެއްގައި އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކެއް ވަނީ ކަނޑައެޅިގެން ދޮގުކުރައްވާފައެވެ.
ޕީއެންސީގެ މެންބަރުން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށެވެ.
ނާޒިމްގެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ކަންތައްތަކެކެވެ.
އަދި އެ ތުހުމަތުތައް ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށާއި، މަޖިލީހުގެ ގަވާއިދާ ނުވަތަ ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް މީގެ ކުރިން ރަސްމީކޮށް ލިބިފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އޭނާ މަގާމުގެ ޒިންމާ އަދާކުރެއްވީ ތެދުވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، އެއްވެސް ހާލަތެއްގައި ޒިންމާއިން ބަރީއަވެފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން، މަޖިލީހުގެ މެންބަރުންގެ މެދުގައި ތަފާތުކުރުމެއް ނެތި އިންސާފުވެރިކަމާއެކު މަސައްކަތް ކުރައްވާފައިވާނެ ކަމަށާއި، އެއްވެސް މެންބަރެއްގެ ހައްގަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭނާގެ އިތުބާރު ނެތްކަމުގެ ގަރާރުގައި ހުރީ ހަގީގަތާ ހިލާފު ވާހަކަތަކެއް ނަމަވެސް، މަގާމަށް އިންތިހާބު ކުރި ފަރާތްތަކުން އެދުމުން މަގާމުން ދުރުވުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތްވާނެ ތަހުޒީބީ ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
އެހެންކަމުން، ހުރިހާ ތުހުމަތުތަކެއް އިންކާރު ކުރައްވަމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން