ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މުއްދަތު ގަވާއިދުގައިވާ ގޮތުން މާދަމާއަށް ހަމަވި ނަމަވެސް، މި ހިނގާ މޭ މަހުގެ ނިޔަލަށް ދައުރު ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މި ދައުރު މޭ 31 ގެ ނިޔަލަށް ދަންމާލުމަށް ހުށަހެޅުއްވީ، ނިންމަންޖެހޭ މުހިންމު ގިނަ މަސައްކަތްތަކެއް ހުރުމާ ގުޅިގެން ކަމަށް މިއަދުގެ ޖަލްސާގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
މި ހުށަހެޅުން ފާސްކުރީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ތާއީދާއެކުގައެވެ. ދައުރު ދަންމާލުމާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
މަޖިލީހުގައި މިވަގުތު ހުރި މުހިންމު މަސައްކަތްތަކުގެ ތެރޭގައި ސައިބާ ސެކިއުރިޓީ ބިލާއި، އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލާއި، ވަތަނީ ހިދުމަތުގެ ބިލުގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތައް ހިމެނެއެވެ.
މީގެ އިތުރުން، ޔޫއޭއީ އަދި ގަތަރަށް ކަނޑައަޅުއްވާ ސަފީރުންނަށް ރުހުން ދިނުމުގެ މައްސަލައަކީ ވެސް މި ދައުރުގެ ތެރޭގައި ނިންމަން ހުރި މުހިންމު ކަންކަމެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި