މިނިވަން ހިޔާލުގެ މައްޗަށް އަބަދުވެސް މިރާއްޖޭގައި ވާހަކަދެއްކޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު އާޒިމް އެކްސްގައި މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން ނޫސްވެރިކަމުގައި ތަޅު ނޭޅުވޭނެ ކަމަށެވެ. މޭޔަރު މިފަދައިން ވިދާޅުވެފައި މިވަނީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ، އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށްލާން ހުކުމް ކުރުމާއި ގުޅިގެންނެވެ.
މޭޔަރު ވަނީ ސިޔާސީ ނުފޫޒުގެ ބޭނުންކޮށް ޝަރީއަތަށް އަތްބާނާ މިރޭ "އަދަދު"ގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ޝަހުޒާނާއި ލީވާންގެ މައްޗަށް ކުރީ ބާތިލް އަދި ނުހައްގު ހުކުމެއް ކަމަށް ވިދާޅުވެ، ވަގުތުން މިނިވަން ކުރުމަށް ގޮވާލައިފައެވެ.
ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށެވެ. އަދި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ