"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ އިތުރުން އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލި ގަޒުފު ކުރުމުގެ ކުށުގެ ދައުވާ އަނބުރާ ގެންދަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލާ މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ނޫހުގެ އޮފީސް ރެއިޑުކޮށް މުދަލާއި ސާމާނު ހިފެހެއްޓުމާއި ނުރުހޭ ސުވާލެއް ކުރުމުން ޕްރެސް ކޮންފަރެންސްތަކުން ނޫސްވެރިން ބޭރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު އަދި އެޑިޓަރު ހަސަންގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ނަޝީދު ވަނީ ގޮވާލައްވައިފައެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މި މައްސަލަ ކްރިމިނަލް ކޯޓަށް އިއްޔެ ހުށަހަޅާފައިވާއިރު، ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުންތައް އާންމުންނަށް ބަންދުކޮށްގެން ކުރިއަށް ގެންދަން ނިންމާފައެވެ. މިފަދަ މައްސަލަތަކަކީ އާންމު އުސޫލުންވެސް ސިއްރުކޮށްގެން ކުރިއަށްގެންދާ ބާވަތުގެ މައްސަލަތަކެކެވެ.
މި މައްސަލައިގެ ޝަރީއަތް ކުރިއަށްދާއިރު ވަކި ކަންތައްތަކަކަށް އަމަލުކުރުމަށް އަމުރެއް ނެރެދިނުމަށް ދައުލަތުން އެދުމާ ގުޅިގެން، ގާޒީ މުޒައްމިލު ނާސިރު ވަނީ އިއްޔެ އެފަދަ އަމުރެއް ނެރުއްވާފައެވެ.
އެ އަމުރުގައި އާންމު އެންމެހައި ފަރާތްތަކުން އަމަލުކުރަންޖެހޭ ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ ފެތުރުން ހުއްޓާލުމާއި، އޭގައިވާ ވާހަކަތައް އެއްވެސް ސިފައެއްގައި ނުދެއްކުމާއި، މައްސަލައިގައި ހިމެނޭ ހަސްމުންނާ ބެހޭ އެއްވެސް ވާހަކައެއް ނުދެއްކުމުގެ އިތުރުން ޝަރީއަތުގެ ލިޔެކިޔުންތައް އާންމު ނުކުރުން ހިމެނެއެވެ. މި އެންގުންތަކާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެއެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން