ނިމިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުން ލިބުނު އާމްދަނީ ވަނީ 75 އިންސައްތަ ދަށަށް ހިނގައްޖެއެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެސްޓިކްސް އިން ނެރުނު ތަފާސްހިސާބުތަކުގައިވާ ގޮތުން، ފެބްރުއަރީ މަހުގެ މަސްވެރިކަމުގެ ގްރޮސް ވެލިއު އެޑެޑް (ޖީވީއޭ) އަކީ 108 މިލިއަން ރުފިޔާއެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 75 އިންސައްތައިގެ ދަށްވުމެއް ކަމަށްވާއިރު، މިއަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިއީ 40 އިންސައްތައިގެ ދަށްވުމެކެވެ.
މި ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ މަސް ބޭނޭ މިންވަރު މަދުވެ، ބޭރުގެ ބާޒާރުތަކަށް މަސް ފޮނުވާ މިންވަރު ދަށްވުމެވެ. މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހު މަހުގެ އެކްސްޕޯޓް 45 އާއި 65 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވެފައިވާއިރު، މަސް ބޭނުނު އަދަދުވެސް ވަނީ ގާތްގަނޑަކަށް އެ މިންވަރަށް މަދުވެފައެވެ.
އަހަރުގެ ކުރީކޮޅު އެކްސްޕޯޓް ދަށްވި ނަމަވެސް، މާޗް މަހުގެ ތެރޭގައި މަސްވެރިކަން އަލުން ރަނގަޅުވާން ފަށާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މާޗް މަހު މަސް އެކްސްޕޯޓް ކުރި މިންވަރު ވަނީ އަށް އިންސައްތަ އިތުރުވެފައެވެ.
ވޭތުވެދިޔަ ދެ އަހަރަށް ބަލާއިރުވެސް އަހަރުގެ ފެށޭކޮޅު މަސްވެރިކަން ދަށްކޮށް އުޅުނު ނަމަވެސް، އަހަރުގެ މެދުތެރެއަކީ މަސްވެރިކަމުން ލިބޭ އާމްދަނީ އެންމެ ބޮޑަށް އިތުރުވާ ދުވަސްވަރެވެ. މިދިޔަ އަހަރުވެސް މަސްވެރިކަން އެންމެ ބޮޑަށް ރަނގަޅުވީ ޖުލައި މަހުގެ ތެރޭގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ