ރައްޔިތުންގެ ބައްދަލުވުންތަކުގެ ދެވަނަ ބުރު، މިއަންނަ ޖޫން މަހުން ފެށިގެން ފައްޓަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން އިއުލާންކުރެއްވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބައްދަލުވުންތައް ފައްޓަވަނީ ރައްޔިތުންނާ ގާތުން އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތަށް، އެކަން ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އެގޮތުން ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ ވިސްނުމާއެއްގޮތަށް ކަންތައްތައް ގެންދިއުމުގައި ސީދާ އެމަނިކުފާނާއި ހަމައަށް ނާންނަ ބައެއް ކަންކަން ހުންނަ ކަމަށާއި އެގޮތުން އެކަންކަން ޙައްލުކުރެއްވުމުގެ ވަރަށްބޮޑު ބާރަކަށް މި ބައްދަލުކުރެއްވުންތައް ވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިންވެސް ގެންދެވިހެން، ފައްޓަވާ ރައްޔިތުންގެ ބައްދަލުވުންތަކުގައި، މާލޭގައި ކަމަށްވާނަމަ، މާލޭގެ އަވަށްތަކުގެ އަވަށު ބައްދަލުވުންތަކެއް، ވަގުތުއޮތް މިންވަރަކުން، ކޮންމެ ހަފުތާއަކު އެއް ބައްދަލުވުން ބޭއްވޭތޯ މަސައްކަތްކުރައްވާނެކަމުގައެވެ. އެގޮތުން އެއްވެސް ކަހަލަ ދަތުރެއް ނުވަތަ ވަގުތުގެ ދަތިކަމެއް މެދުވެރިނުވާހާހިނދަކު ހަފުތާއަކު އެއްފަހަރު ނުވަތަ އެއަށްވުރެ އަވަހަށްވެސް މިބައްދަލުކުރެއްވުންތައް ބޭއްވޭތޯ މަސައްކަތްކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެތެރޭގައި، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އެކިއެކި ޕްރޮފެޝަންތަކުގެ ބައިބަޔާއެކު ވަކިވަކީން ބާއްވަވާ ބައްދަލުކުރެއްވުންތަކާއި އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށްރަށަށް ޒިޔާރަތްކުރެއްވުން ހިމެނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައްޔިތުންގެ ބައްދަލުވުންތަކުގެ ފުރަތަމަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ޒިޔާރަތްކުރައްވާ، އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ޙާލުބައްލަވާ އެކިއެކި ދާއިރާތަކުގައި ހުރި ދަތިކަންކަމާގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ރައްޔިތުންގެ ބައްދަލުވުންތަކުގެ ފުރަތަމަ ބުރުގައި ހިމެނިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި މުއްދަތުގައި ޒިޔާރަތްކުރެއްވިއިރު، 63 ރަށަކަށް އެމަނިކުފާނު ވަނީ 2 ފަހަރަށް ޒިޔާރަތްކުރައްވާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ