"އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް، އެ މައުލޫއަށް ސުވާލުކުރުމުން އެ ނޫހުގެ ރިޕޯޓަރު މުހައްމަދު ޝަހުޒާން މިއަދު ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުން ނެރެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ހަފުތާގެ ބްރީފިންގައި ޝަހުޒާން ކުރި ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ، އެ ވީޑިއޯއާ ގުޅޭގޮތުން ވާހަކަދެއްކުން މަނާކޮށް ކޯޓުން އިއްޔެ "ގެގް އޯޑަރެއް" ނެރެފައިވާ ކަމަށެވެ.
ޝަހުޒާންގެ ސުވާލަކީ ކޯޓު އަމުރާ ހިލާފު ކަމެއް ކަމަށް ކަނޑައަޅުއްވައި، ރައީސް ވަނީ އޭނާ އެ މާލަމުން ނިކުތުމަށް އަންގަވާފައެވެ. އެއާއެކު ސެކިއުރިޓީންގެ އެހީތެރިކަމާއެކު ޝަހުޒާން ވަނީ ބައްދަލުވުން ބާއްވާ ހޯލުން ބޭރުކޮށްފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކޯޓުން އަމުރެއް ނެރެފައި އޮއްވައި އެއާ ހިލާފުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ރައީސް އޮފީހުގެ ތެރޭގައި ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރިއަށްދާނެ ކަމަށެވެ.
މީގެއިތުރުން، ޝަހުޒާން ކުރި ސުވާލަކީ އެމަނިކުފާނުގެ މައްޗަށް ކުރި ދޮގު ތުހުމަތުތަކެއް ކަމަށް ރައީސް ސިފަކުރެއްވިއެވެ. އަދި ކޯޓު އަމުރާ ހިލާފު ވާހަކަތައް ދެއްކުމުގެ ފުރުސަތު އެ މާލަމުގައި ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ނަމަވެސް، އެކަން ކުރަންވާނީ ގާނޫނުއަސާސީ އާއި އިސްލާމްދީނުގެ އިންތަކުގެ ތެރޭގައި ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަކީ މީހުންގެ އަބުރަށް އަރައިގަތުމަށް ލިބޭ ހުއްދައެއް ނޫން ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެއްވެސް މީހެއްގެ އަބުރު ކުުޅުމަކީ މުސްލިމަކަށް ވީތީވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން