ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ސިޔާސީ ޕާޓީއެއްގެ މަސްއޫލިއްޔަތެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާ ފަދަ ގައުމުތަކުން ރާއްޖެއަށް ދޭ މާލީ އެހީތެރިކަމާއި ލޯނުތައް މި ސަރުކާރުން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއަކާ ގުޅިގެން ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ބަޔާނެއް ނެރެފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ނަޝީދުގެ ނަން ސީދާ ބޭނުން ނުކުރި ނަމަވެސް، ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން މިފަދަ މޭރުމުން ވާހަކަދެއްކުމަކީ އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއްކަން ފާހަގަކޮށްފައިވެއެވެ.
އަދި އެފަދަ ބޭފުޅުން ދައްކަވާ ވާހަކަތަކަކީ ގައުމީ އެއްބައިވަންތަކަމާއި މުއައްސަސާތަކަށް އޮންނަ އިތުބާރު ބަދަހިވާނެ ފަދަ ވާހަކަތަކަށް ވާންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، ގައުމުގެ މަސްލަހަތަށާއި ބޭރު ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫއަރާފާނެ ފަދަ ވާހަކަތައް ދެއްކުމުގައި ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މި ބަޔާނާ ގުޅިގެން ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކާއި އެހެނިހެން ކަންކަން ދިރާސާކޮށް، އެކަންކަމަށް ފާޑުކިޔުމަކީ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ މައިގަނޑު ޒިންމާއެއް ކަމަށެވެ.
ރާއްޖެއަކީ 30 ޕަސެންޓަށްވުރެ ދަށް ތާއީދެއް ލިބިފައިވާ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ މިލްކެއް ނޫން ކަމަށާއި، މިއީ މުޅި ރައްޔިތުންގެ ގައުމެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ބޭރުގެ ގައުމުތަކުން ލިބޭ އެހީތަކާއި ލޯނުތައް ސަރުކާރުން ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކު ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ