މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށްޓަކައި، ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުން ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވައިލައްވައިފިއެވެ.
އާޒިމް މިކަމަށް ގޮވައިލެއްވީ، މި ފަހަކަށް އައިސް މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް، އެކި ގޮތްގޮތުން ހަމަލާދީ ޖިސްމާނީ އަނިޔާ ދެމުންދާ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
މިފަދަ ނުރައްކާތެރި އަމަލުތައް ހިނގަމުންދާކަން ހިތާމައާއެކު ފާހަގަކުރައްވައި، މޭޔަރު އާޒިމް ވަނީ އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ، އުފެދޭ ވާދަވެރިކަމެއް ނުވަތަ ހިޔާލުތަފާތުވުމެއްގެ ސަބަބުން ވިޔަސް، މީހުންގެ ހަށިގަނޑަށް ގެއްލުންދީ އަތްލުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
އެފަދަ ކަންކަމަކީ މުޖުތަމައުގެ މަސްލަހަތު ގެއްލި، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭނެ ކަންކަން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މި ފަދަ އަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅުއްވައި، މި ސިޓީއަކީ ރައްޔިތުންނަށް އަމާން، ރައްކާތެރި ތަނަކަށް ހެދުމަށް، މަސައްކަތް ކޮށްދެއްވުމަށް، ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކަށް އަޅުގަނޑު ގޮވައިލަން،" އާޒިމް ވިދާޅުވިއެވެ.
މާލޭގެ އަމާންކަން ގެއްލޭ ފަދަ ހާދިސާތައް އިތުރުވަމުންދާތީ، އެކަންކަން ހުއްޓުވުމަށްޓަކައި ސަލާމަތީ ބާރުތަކާއި ކަމާބެހޭ އިދާރާތަކުން މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދީގެން މަސައްކަތް ކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް