ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިފަހުން އަޅާފައިވާ ފިޔަވަޅުތަކަކީ ބޭންކުގައި ހުރި ޑޮލަރެއް ސައްހަ ގޮތުގައި ބޭނުން ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނުގެ ހައިސިއްޔަތުން ސިލްސިލާކޮށް ކޮންމެ ބުރާސްފަތި ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ބީއެމްއެލް އަކީ އެހެން އެއްވެސް ބަޔަކަށް ނުކޮށްދެވޭ ބޮޑު ހިދުމަތްތަކެއް ދައުލަތަށް ވެސް ކޮށްދޭ ބައެއް ކަމަށެވެ.
ބޭންކަކީ އެތައް ކަމަކަށް ދިވެހިން ބަރޯސާވާން ޖެހޭ އަދި ބަރޯސާވާ ބައެއްކަން މުންދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ބީއެމްއެލް އަށް ވެސް ޑޮލަރު ލިބޭނީ ވަކި މިންވަރަކަށް ކަމަށް ވިދާޅުވެ، ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ބީއެމްއެލް އިން މިފަހުން އެޅި ދެ ފިޔަވަޅަކީ ވެސް ބޭންކަށް ލިބޭ ޑޮލަރު ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވަން އެޅި ފިޔަވަޅުތަކެއް ކަމަށެވެ.
އޭގެތެރެއިން އެއް ފިޔަވަޅަކީ ދިވެހި ރުފިޔާ އެކައުންޓުން އީ ކޮމާސް ވެބްސައިޓުތަކުން ކުރާ ވިޔަފާރިތައް މަހަކު 30 ޓްރާންސްސެކްޝަނަށް ހެދުމެވެ. އެއީ ދުވާލަކަށް އެއް ޓްރާންސެކްޝަނެވެ. ދެވަނައަށް ގެނައި ބަދަލަކީ ޓީޓީ ހެއްދުމާއި ގުޅޭ ބަދަލެކެވެ.
ތަފާސް ހިސާބުތައް ހިއްސާ ކުރައްވަމުން ތަރުޖަމާން މުންދު ވިދާޅުވީ މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި ބީއެމްއެލް އަށް ވަނީ 1.26 ބިލިއަން ޑޮލަރު ކަމަށެވެ. އެ މުއްދަތުގައި ބޭންކުން 1.03 ބިލިއަން ޑޮލަރު ބޭރުވެފައިވާ ކަމަށް މުންދު ވިދާޅުވިއެވެ.
މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި 1.58 ބިލިއަން ޑޮލަރު ބޭންކަށް ވަދެފައިވާއިރު 1.45 ބިލިއަން ޑޮލަރު ބޭންކުން ބޭރުވެފައިވާ ކަމަށް މުންދު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ